ކިޑްސްގެ ޢީދު ހަދިޔާ މިފަހަރު ތަފާތު

މިއަހަރުގެ ފިތުރު ޢީދުގައިވެސް ކިޑްސް އިން ޢީދު ހަދިޔާ ބަހައިފިއެވެ.  އެހެންނަމަވެސް މިފަހަރުގެ ޢީދު ހަދިޔާ އެހެން ފަހަރުތަކާ ތަފާތެވެ. އެގޮތޮން މިފަހަރު ބާހާފައިވަނީ އައިސްކޯނެވެ. އެހެން ޢީދުތަކުގައި ހަދިޔާބަހަނީ ހަމައެކަނި ކުދަކުދިނަށް ނަމަވެސް މިފަހަރު ވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އައިސްކޯން ބަހާފައެވެ.   ގިނައަދަދެއްގެ

ކިޑްސްގެ ޖެނަރަލް ސެކްރެޓަރީ ސަމްއާން ހަލީމް ވިދާޅުވީ ކޮންމެ ޢީދަކުވެސް ކިޑްސްއިން ހިންގަމުންއަންނަ މިހަރަކާތުގެ މަގުސަދަކީ ޢީދުގެ އުފަލުގައި ކުދިބޮޑުއެންމެން ބައިވެރިކޮށް އެކުވެރިކަން އާލާކުރުމެވެ. އަދި ހަމައެހެންމެ މިހަރަކާތް ﷲ އިރާދަކުރެއްވީއާ ކޮންމެ ޢީދަކުވެސް ކުރިޔައް ދާނެކަމުގައި ސަމްއާން ވިދާޅުވިއެވެ.

ކިޑްސްއަކީ 2015 ވަނައަހަރުން ފެށިގެން ކިހާދޫގައި ހިނގަމުންއަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. ކިޑްސްއިން އަންނަނީ ކިހާދޫގައި ގިނަ އިޖްތިމާއި ހަރަކާތްތަކެއް ހިންގަމުންނެވެ.