ކިޑްސް ޖަމްޢިއްޔާއާއި ޓޮޕްސީ ގުޅިގެން ކިހާދޫގައި ފަހަންދަސްކޮށްދޭ ކޯހެއްފަށައިފި

ކިޑްސް ޖަމްޢިއްޔާއާއި ޓޮޕްސީ ޓްރެއިނިން  ސެންޓަރާއި ގުޅިގެން ކިހާދޫގައި ފަހަންދަސްކޮށްދޭ ކޯހެއްފަށައިފިއެވެ. މިކޯސް ފެށުމުގެ ރަސްމިއްޔާތު އިއްޔެ މެންދުރުފަހު 3 ޖެހިއިރު ކުރީގެ ހިދާޔާ ޕްރީސްކޫލުގައިވަނީ ބާއްވާފައެވެ. މިކޯހުގައި 36 ދަރިވަރަކުވަނީ ބައިވެރިވެފައެވެ.  މިކޯހުގެ ކުލާސްތަކުގެ ކިޔެވުން ކުރިޔައް ގެންދަނީ 4 ކުލާހަކަށް ބަހާލައިގެންނެވެ.  އެގޮތުން ހެނދުނު 10 ން 12އަށް، މެންދުރުފަހު  1:30 ން 3:30އަށް، ހަވީރު 4 ން 6ކަށް އަދި ރޭގަނޑު 8:15އިން 10:15އަށް ކުލާސްތައް ކުރިޔައް ގެންދެވޭނެއެވެ. މިކޯހުގައި ކިޔަވާދެއްވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރުވެސް ތަފާތު އެކިކޯސްތައް ހިންގަމުންގެންދަވާ  ޓޮޕްސީ ޓްރެއިނިން ސެންޓަރުގެ މުދައްސިސެކެވެ.

ޓޮޕްސީ ޓްރެއިނިން ސެންޓަރުން މައުލޫމާތުދޭގޮތުގައި  މިކޯސް ކުރިއަށް ގެންދާނީ ، ބޭސިކުގެ ބައިތަކާއި އެކުގައެވެ. މިގޮތުން ފޮތިފަށް، އެޅުމާއި، ގިރުވާން ލުމާއި.ޖީބުހަރުކުރުމާއި، އަތްތައްގުޅަން ދަސްކުރުމާ، ޒިބުހަރުކުރަން ދަސްކުރުމާއި، ރޫޖައްސަން ދަސްކުރުމާއި އެކު ލެވަލް 1 ކުރިއަށް ގެންދެވޭނެއެވެ. މިގޮތުން 12ފިލާވަޅެއް ބޭސިކުގެ ބައިތަކާއެކު ލެވަލް 1 ފުރިހަމަވާއިރު ނިންމާދެވޭނެއެވެ. މިގޮތުން މިންތައް ގައިން ނަގާދޭނެގޮތާއި، ހެދުމަކުން މިންނަގައިގެން ކަނޑާ ފަހާނެގޮތްތަށް ދަސްކޮށް، ދެވޭނެއެވެ. މިހިސާބުން އާދައިގެ ހުރިހާ އަންހެން ހެދުންތަކާއި، ޔުނީފޯރމް، ކުޑަކުދިންގެ ހެދުމާއި، ސްކާޓް، ބަނޑުބޮޑުހެދުމާއި، އަންހެނުންގެ ބެލްސްއާއި، އަންހެންގަމީސް، ފަޓްލޫން، ފިރިހެނުންގެ ގަމީސް ފަހަން ދަސްވާނެއެވެ.

މިކޯސް ކުރިޔައްގެންދެވެނީ ކިހާދޫ ކައުންސިލްގެވެސް ވަރައްބޮޑު އެހީތެރިކަމަކާއި އެކުގައެވެ. އެގޮތުން މިކޯހުގައި ކިޔަވާދެއްވަވާ މުދައްރިސް ހުރުމުގެ އިންތިޒާމް ހިލޭ ހަމަޖައްސަވާދެއްވާފައިވާތީ ކީހާދޫ ކައުންސިލައް ކިޑްސް ގެފަރާތުން އިހުލާސްތެރި ޝުކުރު ދަންނަވަމެވެ.

މިއި ކިޑްސް ޖަމްއިއްޔާގެ އެއްމަގުސަދު ކަމައްވާ ތައުލީމާއި ހުނަރުވެރިކަމުގެ ތެރެއިން މުޖުތަމައުގެ އަފުރާދުންގެ ވިސްނުން ތަރައްޤީ ކުރުމުގެ މާތް މަގުސަދުގައި ހިންގޭ ކޯހެކެވެ.